ކްރޫޒްލައިނާއަކުން 1،600 އަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އަތުވެއްޖެއެވެ.
އިންޑިއާގެ ކޮޗިނުން ފުރައިގެން އިއްޔެ މާލެ އައި "އެމްއެސް ކޯޑީލިއާ އެމްޕްރެސް" ކްރޫޒްލައިނަރުން ދަތުރުކުރި 1,628 ފަސިންޖަރުންނާއި 588 ފަޅުވެރިންނަށް، އިމިގްރޭޝަނުން ވަނީ ކްލިއަރެންސް ދީފަ އެވެ.