Ministry of Defence and National Service (@MoDmv) header
Ministry of Defence and National Service (@MoDmv) profile picture

Working to build a stronger and more resilient nation for you

Maldives
Joined January 2016
Photo by Ministry of Defence and National Service (@MoDmv)Photo by Ministry of Defence and National Service (@MoDmv)Photo by Ministry of Defence and National Service (@MoDmv)Photo by Ministry of Defence and National Service (@MoDmv)Photo by Ministry of Defence and National Service (@MoDmv)Photo by Ministry of Defence and National Service (@MoDmv)Photo by Ministry of Defence and National Service (@MoDmv)Photo by Ministry of Defence and National Service (@MoDmv)Photo by Ministry of Defence and National Service (@MoDmv)Photo by Ministry of Defence and National Service (@MoDmv)
"ދިވެހި އަސްކަރިއްޔާގެ ސަފުތައް ބަދަހިކަމާ އެކު އަދި ހިތްވަރާއި ކެރުމާއި ޢަޒުމާ އެކު ސާބިތުވެ ދެމި ތިބޭނީ ޤައުމަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި ޤައުމީ ރޫޙާއި ޤައުމީ ޖޯޝުގައި ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ވުމަށް ތައްޔާރަށް". - ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު.
25
25
352
ދިވެހިރާއްޖޭގެ ފަޚުރުވެރި 38ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަޖެހުމާއި، ގާޑު މައުންޓްކުރުމުގެ ރަސްމިއްޔާތު ބާއްވައިފި. ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާ ސަރަހައްދުގައި މިއަދު ހެނދުނު ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މި ރަސްމިއްޔާތަށް ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާ ހުންނަ ސަރަހައްދަށް ވަޑައިގަތުމުން އެ މައިދާނުން އެ ދެކަނބަލުންނަށް، މަރުޙަބާ ދެންނެވީ، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދު. މި ރަސްމިއްޔާތުގައި ދިދަ ޖަހައި، ގާޑު މައުންޓްކޮށްފައި ވަނީ ދިދަ ޕާޓީގައި ހިމެނޭ ސިފައިން. ދިދަވެރިން ދިދަ ޖަހައި، ގާޑު މައުންޓްކުރުމުން ނޮވެންބަރު 3 ގެ ޢުދުވާނީ ހަމަލާގައި ޝަހީދުވި ޤައުމީ ބަޠަލުންގެ ހަނދާނުގައި ހަތް ބަޑީގެ ސަލާމެއް އަރުވައި، ހިމޭންކަމުގެ ސުކޫތެއް ވަނީ ގެނެސްފައި. އަދި މީގެ އިތުރުން ދުވަހާ ގުޅޭ ޚާއްޞަ ދުޢާއެއް ވަނީ ކޮށްފައި. މި ރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްގެ އިތުރުން ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ސިފައިންގެ އިސްރަށްވެހިންނާއި ސީނިއަރ އޮފިސަރުންނާއި އަދި އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެ ވަޑައިގެންނެވި. @MNDF_Official
1
48
50
736
ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ސިފައިން ކުރިއަށްގެންދާ ޚާއްޞަ އިޙުތިފާލުތައް، މިއަދު އިސްލާމީ މަރުކަޒުގައި އެއް ޖަމާޢަތެއްގައި ކުރެވުނު ފަތިސް ނަމާދުން ފަށައިފި. ނަމާދުގެ ޖަމާޢަތުގައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވި. މީގެއިތުރުން، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްގެ އިތުރުން ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، އެކި ރޭންކުތަކުގެ އޮފިސަރުންނާއި، ގިނަ އަދަދެއްގެ ސިފައިން އަދި އާންމު ރައްޔިތުން މި ޖަމާޢަތުގައި ބައިވެރިވި. ފަތިސް ނަމާދަށްފަހު، 3 ނޮވެންބަރު 1988 ގައި ރާއްޖެއަށް ކުރިމަތިވި ޢުދުވާނުގައި ޝަހީދުވި ޤައުމީ އަބްޠާލުންގެ ޒިކުރާ އާކުރުމުގެ ގޮތުން ޚާއްޞަ ދުޢާއެއް ކުރުން އޮތް. 3 ނޮވެންބަރަކީ ދިވެހި ތާރީޚުގައި ފާހަގަކުރެވޭ އެންމެ ހިތާމަވެރި އަދި އެންމެ ފަޚުރުވެރި އެއް ދުވަސް. 1988 ނޮވެންބަރު 3 ގައި ދިވެހިންގެ ތެރެއިން ޚިޔާނާތްތެރިވި ބަޔަކު އަޑީގައި ތިބެ، ބޭރުގެ ކުލީ ހަނގުރާމަވެރި ޓެރަރިސްޓް ޖަމާޢަތަކާ އެކު މާލެއަށް ދިން ނުރައްކާތެރި ޢުދުވާނީ ޙަމަލާއިން ދިވެހިފަސްގަނޑާއި އިސްލާމްދީން ޙިމާޔަތްކުރުމަށް ސިފައިންނާއި އާންމު ރައްޔިތުން ވަނީ ޤުރުބާންވެފައި. މި ޢުދުވާނުގައި 19 ދިވެހިން (8 ސިފައިންނާއި 11 އާންމުން) ޝަހީދުވި. މި ދުވަސް ނަޞްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، މާތް ﷲ ގެ ޙަޟްރަތުން ދިވެހި އުއްމަތަށް ލިބުނު މަތިވެރި ނަޞްރާއި، ޤައުމީ އަބްޠާލުންވީ މަތިވެރި ޤުރުބާނީގެ ޒިކުރާ އާކުރުމުގެ ގޮތުން. @MNDF_Official
1
44
47
713
Ministry of Defence and National Service retweeted
ނޮވެމްބަރު 3ގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
99
101
1,824
Ministry of Defence and National Service retweeted
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި presidency.gov.mv/Press/Arti…
97
92
1,886
Ministry of Defence and National Service retweeted
President Dr @MMuizzu and First Lady @sajidhaamohamed attend the ceremonial flag hoisting and guard mounting at the Victory Monument, conducted by @MNDF_Official. The ceremony stands as a solemn national tribute to the brave martyrs who defended the country on 3 November 1988.
3
134
127
4,094
Ministry of Defence and National Service retweeted
President Dr @MMuizzu joins senior Government officials and @MNDF_Official personnel for Fajr prayers at the Islamic Centre to mark the dawn of Victory Day. A morning of prayer and remembrance as the Maldives honours the courage and sacrifice of our fallen heroes of 3 November 1988.
9
135
5
142
6,124
2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ސިފައިންގެ ތަރައްޤީއަށް ޚާއްސަކޮށްގެން ކުރިއަށް ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަޅުތުއްކަލާ ކޮށީގެ 15 ބުރީގެ އުމްރާނީ ބިނާގެ އެއްބަސްވުމުގެ ސޮއިކޮށްފި. މިކަމަށްޓަކައި 2026 ނޮވެމްބަރ 2 ވަނަ ދުވަހު ބަންޑާރަކޮށީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި ޑިޒައިން އެންޑް ކޮންސްޓްރަކްޝަން އުސޫލުން، ޗައިނާގެ ރޯޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯރޕަރޭޝަން ލިމިޓެޑާއި ޙަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް މިމަޝްރޫޢުގެ އެއްބަސްވުމުގައި ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް ފާޠިމަތު މިޒްނާ ޢަލީ. އަދި ރޯޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯރޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މރ. ޖޯ ވޭދޯން. ސިފައިންގެ ޤާބިލްކަން އިތުރުކޮށް، ސިފައިންގެ އޮޕަރޭޝަންތައް ހިންގުމަށްޓަކައި ބޭނުންވާ އެކޮމޮޑޭޝަން އަދި ލޮޖިސްޓިކްސް ބޭނުންތަކަށްޓަކައި ސިފައިންގެ ތާރީޚުގައި ހިންގޭ އެންމެ ބޮޑު ޢުމްރާނީ ތަރައްޤީގެ މަޝްރޫޢު ' ކަޅުތުއްކަލާކޮށި 15 ބުރީގެ އިންޓެގްރޭޓެޑް އެކޮމޮޑޭޝަން އެންޑް ލޮޖިސްޓިކްސް ބިލްޑިންގ'ގެ މަސައްކަތް 2 އަހަރު ދުވަހުގެ ތެރޭގައި ޢިމާރާތްކޮށް ނިންމުމަށް ހަމަޖެހިފައިވޭ. މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް އޮނަރަބްލް ޙަސަން ރަޝީދު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް މޭޖަރ ޖެނެރަލް އިބްރާހިމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާސް އާއި، ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، ދިފާޢީ އަދި ވަޠަނީ ޚިދުމަތުގެ ވުޒާރާއިގެ އިސްވެރިންނާއި ރޯޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯރޕަރޭޝަން ލިމިޓެޑްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވި. @MNDF_Official
1
48
1
52
2,096
The Deputy Minister of Defence and National Service, Ms Fathmath Mizna Ali, met with the Counsellor at the Canadian High Commission, H.E. Gwen Temmel, at the Ministry of Defence and National Service. ​Discussions focused on identifying key opportunities to initiate bilateral defence engagement and bolster collaboration in shared areas of mutual interest between the Maldives and Canada.
1
57
66
2,317
Ministry of Defence and National Service retweeted
ވޭތުވެދިޔަ ހަފުތާގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގި ކުއްލި ނުރައްކަލުގެ 09 ހާދިސާއަކަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެ، އެހީތެރިކަން ފޯރުކޮށްދީފައިވޭ.
62
64
1,634
Ministry of Defence and National Service retweeted
ވޭތުވެދިޔަ ހަފުތާގައި އެމްއެންޑީއެފް ކޯސްޓްގާޑުން، ޞިއްޙީ އަވަސް ފަރުވާ ދިނުމަށް ބަލިމީހުން އުފުލުމުގެ 89 މެޑިކަލް އިވެކުއޭޝަން ވަނީ ހަދައިދީފަ.
59
58
2,535
Ministry of Defence and National Service retweeted
ހުޅުމާލެ ފޭސް 1 ގައި ހުންނަ މެރިނޭޓް ކެފޭގައި ގޭސްފުޅިއެއްގައި ރޯވެ 4 މީހަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާކަމަށް އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސަސް އިން މަޢުލޫމާތު ދެއްވާ. އަދި މިހާދިސާ އެ ކެފޭގެ އިތުރު ތަނަކަށް ގެއްލުމެއް ލިބިފައެއް ނުވޭ.
2
2
375
Ministry of Defence and National Service retweeted
State Minister of Defence & National Service, Ms. Aishath Safoora represented Maldives in the Asian Conference on Disaster Reduction co-organised by the Government of Singapore and the Asian Disaster Reduction Center (ADRC), held in Singapore from Oct 27 to 30. On the sidelines of #ACDR2026, the State Minister had the opportunity to meet with the Commissioner Eric Yap of the Singapore Civil Defence Force and delegates from other member states fostering dialogue on disaster preparedness, resilience, and regional cooperation.
5
5
1,662
ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، އޮނަރަބްލް ޙަސަން ރަޝީދު، ދިވެހި އުފެއްދުންތެރިކަމުގެ މަޢުރަޒު 2026 ބައްލަވާލައްވައިފި. މަޢުރަޒު ބައްލަވާލައްވަން ކުރެއްވި މި ޒިޔާރަތުގައި ދިފާޢީ ވަޒީރުގެ އަރިހުގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާޙީމް ޙިލްމީ އަދި ޑެޕިއުޓީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް ފާޠިމަތު މިޒްނާ ޢަލީ ބައިވެރިވެވަޑައިގެންނެވި. #MaldivesExpo2026 #Maurazu26 #CreativeMaldives #DhiveheenahIskan #DhivehingeUfehdhun
2
67
2
70
1,254
Ministry of Defence and National Service retweeted
ޚިދުމަތުގައި ތިބޭ ސިފައިންނަށް ވަގުތީ ބޯހިޔާވަހިކަން ހޯދައިދިނުމަށް ބަނޑޭރިކޮށި ތަރައްޤީކުރުމާ ގުޅޭ: mndf.gov.mv/mndf/en/news-art…
53
3
56
5,066
ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު، ހއ.އިހަވަންދޫ ކައުންސިލުގެ މެމްބަރުންނާއި ބައްދަލުކުރައްވައިފި. މި ބައްދަލުވުމުގައި، ދިފާޢީ ވުޒާރާއާ ގުޅިގެން މުޖުތަމަޢުގެ ލާބައާއި މަންފާއަށްޓަކައި އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ކޮމިއުނިޓީ އެންގޭޖްމެންޓް ހަރަކާތްތައް ހިންގުމަށާއި، އިހަވަންދޫގައި އަލިފާން ނިއްވުމުގެ ޚިދުމަތް ޤާއިމްކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނު. މިބައްދަލުވުމުގައި ދިފާޢީ ވަޒީރުގެ އިތުރުން، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާޙީމް ޙިލްމީ އަދި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު އަޙްމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވި.
54
54
1,026
Ministry of Defence and National Service retweeted
ށ.ފުނަދޫގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު 1 ގެއެއްގައި ދިރިއުޅޭ 11 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމް 5 ދުވަހުގެ މުއްދަތަށް މި އޮތޯރިޓީން ވަނީ ހަމަޖައްސާދީފައި .
9
8
982