ފެންނަ ނުފެންނަ ވޯޓުން ގޮތްނިންމަން، އެއްލައްކަ މެންބަރުންގެ އިތުބާރުގެ ބުރަދަން ނެތީތޯ؟ ގޮތްދޫކުރަންވީ ރައްޔިތުގެ ރުހުންހޯދުމަށެވެ. އޮބިއެޅިވަރަކަށް ފޮނި ގިއްޗަށް ބަދަލުވާނެއެވެ.
ފަށަނީ ރައްޔިތުންގެ ބާރުންނެވެ. ގޮތް ނިންމަނީ ވެސް ރައްޔިތުންގެއެހީ ގައެވެ. ނަމަވެސް ރައްޔިތުންގެބާރު އެއީ ކޮންތިލަފަތަކުން، ކޮން ދަނޑިއަކުން ކިރާ ބަރުދަން ހުރި އެއްޗެއްތޯއެވެ؟ އެކިޔާނަގާ ރައްޔިތުންގެ ބާރު އެއީ މަގުމަތީ މުޒާހަރައިން ހޯދާ ބާރެއްތޯއެވެ؟ ނުނީ ސިޔާސީ ޕާޓީގެ ލިޑަރުންގެ ބަސްމަގުން ލިބިގަންނަ ބާރެއްތޯއެވެ؟ އަދި ވެެރިކަން ކުރާޕާޓީގެ ބާރުތޯއެވެ.
ހަޤީޤަތަކީ ރައްޔިތުންގެ ބާރަކީ ހަމައެކަނި ވޯޓުން ގޮތްނިންމުގެ ބާރުނޫންތޯއެވެ؟ ޤައުމީ މަސްލަހަތާއި ރައްޔިތުންގެ މަސްލަހަތާއި ގުޅުން އޮންނަ ކަންކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުންގޮތް ނިންމީމަ އެއޮތީ ރައްޔިތުންގެ ހިއްސާއިން ބޮޑުތަނުން ބައިވެރިވެ ގޮތް ނިންމާފަ ނޫންތޯއެވެ.
ހަމަޖެހުން އޮތީ ފެންނަ ނުފެންނަ އިންނެވެ. ބައިކޮޅުގައި ތިބި އެއްލައްކަ މެންބަރުންނަށް ނަތީޖާ ނުނެރޭވެ ސަބަބެއް އެބައޮތްތޯއެވެ؟ އިދިކޮޅުއެއީ އެއްލައްކައިގެ 4ގުނަ ބާރެއްތޯއެވެ؟
އިޙުތިރާމް ގަދަކަމުން ދެމެހެއްޓިދާނެތޯ؟
އިޖުތިމާޢީ އަދި ސިޔާސީ ޢިލްމުވެރިން ފާހަގަކުރައްވާ ގޮތުގައި، ޙަޤީޤީ އިޙުތިރާމަކީ ބާރުގެ ބޭނުންކޮށްގެން ނުވަތަ ގަދަކަމުން ހޯދޭނެ އެއްޗެއް ނޫނެވެ. ގަދަކަމުން ނުވަތަ މަޤާމުގެ ނުފޫޒުން ހޯދެނީ ބިރުވެރިކަން ނުވަތަ ކިޔަމަންތެރިކަމެވެ.
އިތުބާރު ގެއްލި، ނުވަތަ ސިޔާސީ މާޒީގައި "ހުތުރު ލަގަބެއް" ނުވަތަ ނޭދެވޭ ރެކޯޑެއް އޮތް ނަމަ، ގަދަކަމުން އިޙުތިރާމް ހޯދަން އުޅުމަކީ އާންމުންގެ ނަފްރަތު އިތުރުވެ، އިޙުތިރާމް އިތުރަށް ގެއްލިގެންދާ ކަމެކެވެ.
ޙަޤީޤީ އިޙުތިރާމް އުފެދެނީ ބަހާއި ޢަމަލު ދިމާވުމުންނާއި، އިޚްލާޞްތެރިކަމާއި ނަޒާހަތްތެރިކަމުންނެވެ.
ނެތިގެން އުޅެނީ ސިޔާސީ އިޙުތިރާމްތޯ ނުވަތަ އިޖުތިމާޢީ އަދަބު އަހުލާޤުތޯ؟
މި ސުވާލަށް ޖަވާބު ދެއްވާ ފަރާތްތަކުގެ މެދުގައި މައިގަނޑު ދެ ރައުޔެއް އޮވެއެވެ:
ފުރަތަމަ ރައުޔު:
ނެތިގެން އުޅެނީ ސިޔާސީ އިޙުތިރާމާއި އިތުބާރެވެ. ސިޔާސީ މުޙައްލިލުންގެ ނަޒަރުގައި، އާންމު ރައްޔިތުންގެ ކިބައިގައި އަދަބު އަހުލާޤު އެބަހުއްޓެވެ. ނަމަވެސް، ސިޔާސީ ވެރިންގެ ކިބައިން ފެންނަ ވަޢުދާ ޚިލާފުވުމާއި، ކޮރަޕްޝަންގެ ތުހުމަތުތަކާއި، އަމިއްލަ މަޞްލަޙަތު އިސްކުރުން ފަދަ ކަންކަމުގެ ސަބަބުން ސިޔާސީ ފަރާތްތަކަށް އޮތް އިތުބާރު ވަނީ ގެއްލިފައެވެ. އެހެންކަމުން، ރައްޔިތުންގެ ފަރާތުން ވެރިންނަށް ދޭންޖެހޭ ޤަދަރު ކުޑަވެގެން ދަނީ ސިޔާސީ މައިދާނުގައި އިތުބާރު ގެއްލިފައިވާތީއެވެ.
ދެވަނަ ރައުޔު:
ނެތިގެން އުޅެނީ މުޅި މުޖުތަމަޢުގެ އިޖުތިމާޢީ އަދަބު އަހުލާޤެވެ. އިޖުތިމާޢީ ޢިލްމުވެރިންނާއި މުޖުތަމަޢުގެ އިސްރަށްވެހިން ދެކެވަޑައިގަންނަވާ ގޮތުގައި، ސިޔާސީ މައިދާނަކީ މުޅި މުޖުތަމަޢުގެ ލޯގަނޑެކެވެ. ޒަމާނީ ޓެކްނޮލޮޖީއާއި ސޯޝަލް މީޑިއާގެ ނުފޫޒާއެކު، ޚިޔާލު ތަފާތުވާ މީހުންނަށް މަލާމާތް ކުރުމާއި، ހުތުރު ބަހުން މުޚާޠަބު ކުރުމަކީ އާންމު ކަމަކަށް ވެއްޖެއެވެ. ތަރުބިއްޔަތާއި އިޖުތިމާޢީ މިންގަނޑުތައް ދަށްވުމުގެ ސަބަބުން، ބޮޑެތި މީހުންނަށާއި ވެރިންނަށް އަދި އެކަކު އަނެކަކަށް ކުރަންޖެހޭ އިޙުތިރާމް މުޅި މުޖުތަމަޢުން ވަނީ ފަނޑުވެފައެވެ.
60
އިޙްތިރާމަކީ ހަމައެކަނި ބޭރުފުށުން ދައްކާލާ ރިވެތި އަދަބުއަޚްލާޤެއް ނޫނެވެ. އެއީ އަނެކާގެ މަޤާމާއި ފެންވަރަށް ބެލުމެއްނެތި، ކޮންމެ އިންސާނެއްގެ ކަރާމާތާއި ޙައްޤުތައް ޤަބޫލުކޮށް، އަގުވަޒަންކުރުމެވެ. ޚާއްޞަކޮށް، ތިމާއަށް އެއްވެސް މަންފާއެއް ލިބެން ނެތް ފަރާތްތަކާމެދު ބަހައްޓާ ގާތްކަމާއި، މެދުކަނޑާނުލައި އަނެކާގެ ވާހަކަ އަޑުއެހުމަކީ ޙަޤީޤީ އިޙްތިރާމްގެ އެންމެ ބޮޑު މިންގަނޑުކަމަށް ތަޖުރިބާކާރުން ބުނެއެވެ.
68
ތެދުވަންވީ ދީނާއި ޤައުމު ހިމާޔަތް ކުރުމަށް ބަސްބުނާށެވެ. އެއީ ރައްޔިތުންގެ ފަރުދީ ޒިންމާއެކެވެ.
އޮއިވަރު ބަދަލުވެ މިއުޅެނީ އިތުރު ސިޔާސީ ޕާޓީއެއް އުފެދެންތޯ ނޫނީ ޤައުމީ ފިކުރުގެ އިތުބާރު ރައްޔިތުންގެ ހިތްތަކުގައި އާލާވާންތޯއެވެ؟ ހަަޤީޤަތަކީ ސިޔާސީ ޕާޓީގެ ކުލަތައް ޤައުމު ބައިބައިކޮށްލީ ރައްޔިތުންނަށް ހަޤީޤީ ސިޔާސީ ޕާޓީގެ މަޤުޞަދު ނޭނގިގެންނެވެ. ސިޔާސީ ވުމަކީ ކޮބައިކަން ރައްޔިތުންނަށް ނޭނގި ޕާޓީގެ އަޅުންނަށް ބަދަލުވީމައެވެ. ސިޔާސީ އުޞޫލަކީ އަދި ދަންނަކަމަކީ، ޤައުމުގެ ވެރިން ހިންގާ ކަންކަމަށް ފާރަވެރިވުމާއި އެކު އެވެރިންގެ ސިޔާސަތައް ތައްމިނަށް ފާޑުކިޔުމެވެ. އެއީ ސިޔާސީ ނަފުރަތެއްކަމަށް ބަލައިގެން ނުވާނެއެވެ. އަދި ސިޔާސީ ނުނިމޭ ޖަޒުބާތަކަށް ވެގެންވެސް ނުވާނެއެވެ. ސިޔާސީ ފިކުރުތަފާތުވުމަކީ ރައްޔިތުންގެ ޤައުމީ ފިކުރު ފަޑުކޮށްލުމެއްވެސް ނުމެނޫނެވެ. ފާޑުކިޔުމަކީ ސިޔާސީ އަދި ޤައުމީ ފިކުރުގެވެސް އެންމެ ބޮޑު އަސާސެވެ. ފިތުނަނޫން ގޮތެއް ހޯދޭނީ ޚިޔާލުތަފާތުވުންތަކަަށް އިހުތިރާމްކޮށްގެންނެވެ. އެންމެންގެ ޚިޔާލަކީ ޤައުމަށް ނުހަނުބޭނުންތެރި އެއްޗެކެވެ. ރައްޔިތުންގެ އެއްބައިވުން ނެތި ޤައުމެއްކުރިއެއްނާރާނެއެވެ. ސިޔާސީ ކުރަނީ ކޮންބައެއްތޯއެވެ. ޤައުމީ ފިކުރުއެއީ ކާކު މާރކްސް ދީގެން ފާސްވާ އިންތިހާނެއްތޯއެވެ؟
މިޤައުމަކީ ސިޔާސީ ތަފާތު ޚިޔާލުތަކަށް ޖާގައޮތް ޤައުމީ ފުކުރަށްވެސް ޖާގަގޮތް ދިވެހީންގެ ޤައުމެވެ.
ދިވެހި ކޮންމެ ރައްޔިތަކަށް މުހިއްމުވާނީ ޤައުމެވެ. ސިޔާސީ ލީޑަރެއް ނުވަތަ ސިޔާސީ ޕާޓީއެއްނޫނެވެ.
66
ހޮޅުއަށީގައި ދައްކާ ޤައުމީ ވާހަކަ:
ރަސްމާލެ ބިންހިއްކަނީ ކޮންހާލަތެއް ދައުލަތައް މެދުވެރިވެގެންތޯ؟ އެއީ ކޮން ނަތީޖާއެއް ނެރެން ހިންގާ މަޝްރޫއެއްތޯއެވެ؟ މި ހިންގާ ރަސްމާލޭގެ ހަޤީޤަތް އިނގެންޖެހެނީ ކޮންބަޔަކަށްތޯ؟
ރައްޔިތުން ހޮވިވެރިކަމެއްގައި ރައްތިޔުންގެ ބާެރު އޮންނަށް ޖެހޭތޯއެވެ؟
މުޅި ޤައުމުގައި ފައިންދޭފުރައިން މިދައްކާ ރަސްމާލެގެ ފޮނިމީރުކަން ގުޅިގައިވަނީ ކޮންބައެއްގެ މަންފާއަށްތޯއެވެ؟ ބިޔަ ބޮޑުމަޝްރޫޢުގެ ފަސްފަހަތް އަދި ކުރިފަސް ކިޔާދީ ރައްޔިތުން ހޭލުންތެރިކުރުވަން ވަގުތު ބޭނުންނުވޭތޯ؟
ރޭސް ނިންމާ ހިސާބުނު ނިންމާ ރޮނގުއޮޅުވާލުމަކީ ކޮޅުބައްދާލުން ނޫންތޯ؟ ޖަޒުބާތުގައި ޖެއްސުންނޫންތޯ؟ މިޤައުމުގެ ހަމަޖެހެމާއި ދިވެހި އަހުވަންތަކަމަށްޓަކައި މިޤައުމުގެ ނިސްބަތުން ކޮންމެފަދަ ހާލަތެއްގައިވެސް ރައްޔިތުންގެ އިތުބާރަކީ އުފައްދާ ދަމަހައްޓާ ނަގަހައްޓަންޖެހޭ އެއްޗެެއްނޫންތޯ؟ ރައްޔިތުންގެ ކަންބޮޑުވުމާއި ޝަކުވާތައް ވެރިން އަޑުއަހާ ރައްޔިތުންނަށް ޖަވާބުދާރީވުމަކީ ޤައުމުގެ ހަމަޖެހުމަށް ނުހަނު ބޭނުންތެރިކަމެއްނޫންތޯ؟ ސިޔާސީ ވިޔަސް ޤައުމީ ވިޔަސް ރައްޔިތުން ހޮވި ވެރިން، ޖަވާބުދާރީވުމަކީ އިތުބާރު ދެމެހެއްޓުން ނޫންތޯ؟
ވެރިންނަކީ މޫސުމީ ބައެކެވެ. ދަންފަޅި ނިންމާ ބަދަލުވާނެ ބައެކެވެ. ރައްޔިތުންނަކީ ވެރިން ހޮވުމަށް ވޯޓުން ގޮތްނިންމާ ފަރާތެވެ. ރައްޔިތުމްގެ މެދުގައި ވަކި ވެރިޔަކީ މުޅި ޤައުމުކަމަށް ދެކުން އެއްވެސް ވެރިއެއް ނެތެއްނޫންތޯއެވެ؟ ރައްޔިތުންގެ ވޯޓުން އެބުމެދެނި ވެރިކަމުގެ ދައުރަކި މުއްދަތެއް އޮތް ކަމެއްކަމެވެ. ރަސްމާލެ ގެ ހަޤީޤަތް ރައްޔިތުންނަށް ކިޔާދިނުން ލަސްކުރުމަކީ އިތުރަށް ވަގުތު ބޭކަރުކުރުމެވެ.
ވިޔަސްނުވިޔަސް:
ޤައުމީ ފިކުރު އިސްކުރުމަކީ ސިޔާސީ ފިކުރު ގެންގުޅުންތޯއެވެ؟ ސިޔާސީ ފިކުރުގެ ބަހުސަކީ ޤައުމީ ފިކުރު އެއްފަރާތް ކޮށްލުންތޯ؟
ޤައުމީ ފިކުރު އިސްކުރުމަކީ ސިޔާސީ ފިކުރު ގެންގުޅުންތޯ؟
ޤައުމީ ފިކުރު އިސްކުރުމަކީ ވަކި ސިޔާސީ ޕާޓީއަކަށް ނުވަތަ ވަކި ފިކުރަކަށް ތާއީދުކުރުމެއް ނޫނެވެ. ޤައުމީ ފިކުރަކީ ޤައުމުގެ އިސްތިޤްލާލާއި، ސިޔާދަތާއި، އިޖުތިމާޢީ އެއްބައިވަންތަކަމާއި، ޤައުމީ މަޞްލަޙަތު އެހެން ކަންކަމަށްވުރެ ކުރިއަށް ނެރުމެވެ.
ޤައުމީ ފިކުރު: މިއީ ޤައުމުގެ ދެމިއޮތުމާއި، ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މަތިވެރި ވިސްނުމެވެ.
ސިޔާސީ ފިކުރު: މިއީ ޤައުމު ހިންގާނެ ގޮތާއި، ސިޔާސަތުތައް ބައްޓަންކުރާނެ ގޮތާމެދު ގެންގުޅޭ ތަފާތު ޚިޔާލުތަކާއި އުޞޫލުތަކެވެ.އެހެންކަމުން، ޤައުމީ ފިކުރު އިސްކުރުމަކީ ސިޔާސީ ފިކުރެއް ގެންގުޅުމެއް ނޫނެވެ. ނަމަވެސް، ކޮންމެ ސިޔާސީ ފިކުރެއްގެ ސަފުގެ ކުރީގައިވެސް އޮންނަންޖެހޭ އެންމެ ބޮޑު އަސާސަކީ ޤައުމީ ފިކުރެވެ.
ދިވެހި ދައުލަތުގެ ނިޝާން އަސްކަރީ ޔުނިފޯމްގެ ކޮޑުމަތީ އުފުލުމަކީ ކުޑަ ޒިންމާއެއްނޫނެވެ.
އެއީ ޝަރަފުވެރި ޤައުމީ ޒިންމާއެކެވެ.
ފަހަރުގައި ފޮޓޯގަނޑަކުން އަގުވަޒަން ނުކުރެވިދާނެއެވެ. ނަމަވެސް މިއީ އަޅުގަނޑު ދިވެހި އަސްކަރިއްޔާގައި އިހުލާޞްތެރިކަމާއި ނަފުސަށްވުރެ ޤައުމު އިސްކޮށްގެން 34 އަހަރު ކުޅަ، ޚިދުމަތުގެ ފަޚުވެރި އަގުބޮޑު އެއް ނިޝާނެވެ.
ޤައުމީ ޚިދުމަތަކީ ނިމޭނެ ޚިދުމަތެއްނޫނެވެ. އަބަދުވެސް ހިތުގައި ދިރިއާލާވަމުން ދަނީ ޤައުމީ ފިކުރެވެ.
ކުރިއަށް ދިވެހި ސިފައިން، ކުރިއަށް ދިވެހި ޤައުމު.
ރާއްޖޭގެ 38 ވަނަ ފަޚުރުވެރި ނަޞްެރުގެ ދުވަހުގެ ޚާއްޞަ ލައިވް ކަވަރޭޖް:
މި ލައިވް ކަވަރޭޖް ވެގެން ދާނީ ރާއްޖޭގެ މިޑީއާއެއްގައި ފުރަތަމަ ފަހަރަށް، 3 ނޮވެންބަރު 1988 ދުވަހު، މި ލޮބިވެތި ޤައުމު ދުޝްމިނުންގެ ކިބައިން ދިފާޢު ކުރުމުގެ ހަނގުރާމައިގައި ބައިވެރިވި، ދިވެހި އަސްކަރިއްޔާގެ ޝަރަފުވެރި ދެ ރިޓަޔަޑް އޮފިސަރުން، ގެސްޓެއްގެ ގޮތުގައި އަދި ޕްރޮގްރާމް ހޯސްޓުކުރުމުގައި ބައިވެރިވާ ފުރަތަމަ ފަހަރަށެވެ.
މިއީ ނަޞްެރުގެ ދުވަހުގެ ހަޤީޤީ ވާހަކަތަކާއެކު އެންޓީވީން، ވަގުންގެނެސްދޭ ލައިވް ކަވާރޭޖެކެވެ.
އިންތިޒާރު ކޮށްލައްވާާ!
254
ރައްޔިތުން ޖެއްސި ކުލައެއް މިޤައުމުގައި އޮންނަނީ. ރައްޔިތުން ބޭނުންވާ ތަރައްޤީއެއް ގެނެވޭނީވެސް:
ސިޔާސީ ޕާޓީއަކީ ހިންގާ ވިޔަފާރިއެއްތޯ! ޤައުމު މިއީ ކޮންބައެއްގެ މިލްކެއްތޯ؟ ޤައުމާމެދު ބަސްބުނާނީ ކާކުތޯ؟ ޤައުމާމެދު ބުނާ ބަސްމަގު އަމާޒުކުރަންވީ ކިހިނެތްތޯ؟
ޤައުމުގައި ސިޔާސީ ޕާޓީ އަދިވެސް މާމަދީއެވެ. އިތުރު ސިޔާސީ ޕާޓީއެއް ހަދަންޖެހޭނޫންތޯ؟ ރައްޔިތުންގެމެދުގައި އޮތް އެކުވެރިކަން އަހުވަންތަ ގުޅުން އެހަރަދަނި ފުރޭނިގެންނޫންތޯ؟ އާއިލަތައް ސިޔާސީ ދަލުގައި ޖެހެމުންނުންތޯ؟ ރަށްތައް އެދަނި ފަޅުވަމުންނޫންތޯ؟ ދިރިއުޅުން މާލެއަށް ތޮއްޖެހެމުންނޫންތޯ؟
ޖަދޫއަކީ، ޕާޓީހެދިޔަސް ކުލަބަދަލުކޮށްގެން އުޅެނީ ހަމަ އެއްބައެކެވެ. ދައްކަނީ ހަމަ އެއްވާހަކައެވެ. ހައްލަކި ސިޔާސީ ޕާޓީ ގިނަވުންތޯ؟ ނޫނީ ރައްޔިތުން ގޮތްނިންމާ ބަސްބުނުންތޯ؟
އޮޅުންބޮޅުން އަރަނީ ނުވަތަ ބަދަލަށް އެދެނީ، ހަޤީޤަތުގައިވެސް ސިޔާސީ ވެރިން ނިންމާ ނިންމުންތަކުން ރައްޔިތުން މާނަކުރާ ހަމަތަކުން އަސްލެއްނެތް ވާހަކަތައް ގިނަވެގެން!
މި ހިނގާ އޮއިވަރަކީ ކަމާގުޅުމެއްނެތް، ވިޔަފާރި އިސްތިހާރެއްތޯ ނޫނީ އިތުބާރު އުފެއްދުންތޯ!
ދުބާއީ އަކީ އެކުވެރި އަރަބި އިމާރާތް ގެ އެންމެ ބޮޑު އަދި އެންމެ މަޝްހޫރު އެއް ސިޓީއެވެ.
ވަކިބަޔަކަށް، ދުބާއީ ވަރެއްނެތްކަމަށް މިއަދުވެގެން މިއުޅެނީ ކީއްވެތޯ؟ ދުބާއީ ތަރައްޤީވި އިއްޔެތޯއެވެ؟ އަދި 30 އަހަރުގެ ވެރިކަމުގައި މިޤައުމުގެ ތަރައްޤީ އަޅާކިޔާ ނަކަލުކޮށްގެން އުޅުނު ސިންގަޕޫރަށް ފޫޅުކެނޑިޒަމާން ފަސްދިނީތާ!
ކުރުކޮށްފޮނިކޮށް ބުނެވެން އޮތީ، ދުބާއީ އަކީ ބިންއޮތް ސިޓީއެއް، އެސިޓީ ތަރައްޤީވީ ބިންބޭނުން ކޮށްގެންނެވެ. ދިރުން ނެތްކަމަށް ބުނި ހަނަފަސް ބިމުގެ ބޭނުން ހިފުން ނޫންގޮތަކުން އެޤައުމަށް ތަރައްޤީއެއް ނެތުމުންނެވެ.
އެއީ މިއަދު ރާއްޖޭގެ އޮތް ހާލަތެއްކަމަށް ހަދައިގެން ނުވާނެއެވެ. އަދި ދުބާއީ އޮތް ބައްރާއި ސަރަހައްދުގެ އަމާންކަމާއި ޞުލްހައަށް އަޅާކިޔާލެވޭނެކަމެއްވެސް ނޫނެވެ. ރާއްޖޭގައި މިއަދުއޮތީ ބިންވެރި އެއްފަސްކުރުމުގެ އެހެން ހާލަތެކެވެ.
ގޮތްނިންމަން ނޭނގި ސިޔާސީ ވެރިން ތިބީ ސިޔާސީ ޖަޒުބާތުގައެވެ. ދެކޮޅަށް ބަސްބުނުމަކީ ދެކޮޅުވުންކަމަށް ސިއްކަ ޖަހަނީއެވެ. އެއްކޮޅުވުމުން ކޮލިލައިގެން ރަތްދޫލާގައި ހިންގުވާ ކަރުގައި ރަންފައްޓަރުބައި އަޅުވަނީއެވެ. ބުނެވެންއޮތީ، ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔަންތިބީ ވެސް ރައްޔިތުންނެވެ.
ބަދަލުވާ ވެރިކަން ތަކުން އަބަދުވެސް ތަރައްޤީ ހާމަކޮށްދެނީ އެއްފަސްކުރުމުގެ ސިޔާސަތެވެ. ރައްޔިތުގެ ބޯހިޔާވަހިކަމަށް ދިރިއުޅުން ފަހިކުރުމަށް މަސައްކަތް ކުރަން ހަމައެކަނި އޮތީ އެއްފަސްކުރުންކަން، ވެރިކަންކުރި ހުރިހާވެރިންވެސް ޤަބޫލުކުރެއެވެ. ވެެރިންގެ އެ ނިންމުންތަކަށް ރައްޔިތުންވެސް ތިބީ ރުހިގެންނެވެ. ކޮންމެފަދަ ހާލެއްގައި ދިރިއުޅެން ޖެހުނަސް ހެޔޮކަމަށެވެ.
ދެންއޮތީ ބޯހިޔާވަހިކަމަށް އެހަދާ ގަވައިދުތަކާއެކު ވެރިންބޭނުންވާ ހަމަތަކަށް ހިއްކާބިމުން ގޯތި، ފްލެޓްގެ ބޯހިޔާވަހިކަންދޭނެކަމަށް ބުނެ ދައްމާލަމުން ގެންދާގެންދިޔުމެވެ. ތަފާތުބަހަނާގައެވެ.
ބޯހިޔާވަހިކަމަށް ޕްލޭނެއްނެތި އަދި ދިރާސާއެއްނެތި ހިންގާ ބޮޑެތި މަޝްރޫޢުތައް ލާމެހެނީ ވެރިންގެ ގަދަރާއި އިއްޒަތް ޝަރަފުދެހެއްޓުމަށެވެ. ނޫނީ އެންމެ މޮޅު ވެރިޔަކަށް ވުމަށެވެ. ފަސްދިން މާޒީގެ ވެރިކަންތަކުންވެސް ފެންނަށް އޮތީ އެކަމެވެ. ހަމަހަމަކަންމަތީ ބޯހިޔާވަހިކަން ދެނީ ވެރިންގެ އަތްމަތީ ލިސްޓަަށްކަމަށް ގިނަ ރައްޔިތުން އެބުނާ ބުނުމުގައި ހަޤީޤަތެއްވާކަން އިނގެނީ ކޮންމެ ފަސްއަހަރަކުން ވެރިކަން ބަދަލުވީމައެވެ. ކުރީސަރުކާރުގެ ޗަރުކޭހުގައި ރައްޔިތުން ޖެއްސަަތީއެވެ.
އެއްފަސްކުރުމަށް މާލޭ ސަރަހައްދަށް ރަށްތަކުން ރައްޔިތުން އަންނަށް މަޖުބޫރު ކުރުވާ ހާލަތް އަބަދުވެސް ބަދަލުކުރަމުން ގެންދެއެވެ.
އެއްފަސްކުރުމަށް ހައްލުބުނެދޭން ނޭނގިގެން އުޅެނީ، ސިޔާސީ މަންފާ ވެރިންނަގާތީއެވެ. ހައްލުގެ ވާހަކަދައްކަނީ ވެރިކަމަށް އަންނަށްވީމައެވެ. ވެރިކަން ލިބުމުން ނުނިމޭ، ގޮތްނޭނގޭ ބޯހިޔާވަހިކަމަށް ވީއެވެ. އަދި ތަރައްޤީ ކުރެވެންއޮތީ މާލޭގެ ސަރަހައްދަށް ހަދައެވެ.
މިއީ ހަޤީޤަތެވެ."މާލެ" ނަންމީ ރައްޔިތުން އެނަމެއްގެ މައްޗަށް ދަރިކުލުނު ޖެހިފައިވާ ނަމެކެވެ. ވާނީވެސް އެހެންތާއެވެ. ހުރިހާ ދިރުމެއް އޮތީ މާލޭ ސަރަހައްދުގައެވެ. ކަންމިހެން އޮތުމުން، އެއްފަސްކުރުން އަދި ތަރައްޤީ އެއީ މާލޭގެ ނަމަށް ނިސްބަތްވާ ނަމެއްކަމަށް ގިނަ ރައްޔިތުން ޤަބޫލުކުރަނީއެވެ.
ބަދަލުވަމުންދާ ސަރުކާރުތަކުންވެސް، ރައްޔިތުން ބިންވެރިކުރުމަށް މާލެ ސަރަހައްދުން ބިންހިއްކުމަށް ހިންގާ މަޝްރޫޢު ކުޑަވިޔަސް ބޮޑުވިޔަސް "މާލޭ" ނަންބޭނުން ކުރުންމިވަނީ ވެރިންގެ ވޯޓު ޔަަޤީން ކުރުމަށް ބޭނުން ހިފާ ޖާދޫގެ ވޮއްގަނޑަކަށް ހަދާފައެވެ. ނަންވާނީ ވެރިންނެވެ. ކަމެއްނުވަނީ ރަށްދޫކޮށްފައި މާލެ ކުލި ނޫންގޮތެއްނެތް ރައްޔިތުންނަށެވެ. އުފަލުން ހޭންވީނޫންތޯއެވެ!
71
ހާސްކަމެއްނެތް!
ހަދާޤާނޫނު ބަދަލުނުކުރެވޭނެ ގޮތެއްނެތެވެ. ޤާނޫނު ހަދަނީ ހާލަތައް ބޭނުން ކުރެވޭގޮތައް، އަދި ހާލަތައް އުނިއިތުކުރެވޭ ގޮތަށެވެ.
65
މިނިވަން ޚިޔާލުގަ އޮބިއަޅަން
މިނިވަންކަމޭ ނަމުގައިއެޅެން
ޤައުމޭ މިކިޔަނީ ފަހެކީއްކުރަން
ޤައުމުގެ އަދުންވުން ވަކިނުވުން
އެންމެން ނުދޭނޭ ބޮޑު ރުހުން
އެންހާސް ކުރާޝަކުވާ ދުލުން
ފިތުނަައިގެ ފައްޓަރު ކަރުކޮޅުން
ފިތުނައިގެ އަތްއެގުޅަނީ މާދުރުން
ދުރުވިސްނިގެން ކުރި ފަހަތައްޖެހެން
ދޫވެގެން ފައިސާ އަތައް ފަތްޖަހަން
48
ވިސްނާލުމުން އިނގެނީ ޤާނޫނަކި އެނބުރޭ ވަހުތާނެއްކަމެވެ. މާނަކުރުން އެއީ ދޫފުރޮޅިއެކެވެ. ހަމަހަމަކަން އެއީ ޤާނޫނުބުނާ ނަމެކެވެ.
ވެރިކަމުގެ ބާރުބޭނުމުގައި ނޫންގޮތަކަށް ޤާނޫނެއް ނުހަދެއެވެ. ނަންއަޅުވަނީ ހެޔޮވެރިކަމަށް، ޤައުމުގެ ތަރައްޤީއަށެވެ. ހަދާ އެޤާނޫނުގެ ނަންކިޔާ ނިމޭއިރު ވެރިކަމުގެ ދައުރު އެއޮންނަނީ ނިމިފައެވެ. މޮޅުލިބިފައިވަނީ ވެރިކަމަށެވެ. ބައިކޮޅަށް ބާރުލިބޭ ޤާނޫނަކުން، ސިޔާސީ މޫސުންދައްކާ ގޮތުން، ދެވަނަ ދައުރެއްގެ ވެރިކަން އެއީ ނާދިރުކަމެކެވެ.
44
ބުނާބަހަކީ ހަޤީޤަތެއްނޫން!
ބަސްމޮށުން ފަށުވިވާ ވަރަކަށް އެބުނެދެނީ ދޮގުފޮރުވިފައިވާ މިންވަރެވެ. ފަށުވި އިބާރާތުން ތެޔޮވަޅެއް، ރަންވަޅެއް ސިފަކޮށްދޭދިނުމަކީ އަހާމީހާގެ ސިކުޑި އަވާމެންދުރެއްގެތެރަށް ވެއްދުމެވެ. ދެބޯގެރި ދުއްވުމެވެ.
56
ބުނަަށްބޭނުންވާހަކަ ފަހުން ހިއްސާކޮށްލަނަށް!
މީގޭ 38 އަހަރުކުރިން، 3 ނޮވެންބަރު 1988 ގައި ރާއްޖޭގެ ވެރިރަށް މާލޭ އަށް ކުރިމަތިވި އުދުވަނީ ހަމަލާ ސިޔާސީ ނުކުރާށެވެ.
އެއީ ވަކިއާއިލާއެއްގެ މައްޗަށް ނަފުރަތު އުފެެއްދުމަށް ބޭނުންކުރާ ދުވަހަކަށްވެސް ނުހަދާށެވެ. ނަޞްރުގެ ދުވަހަކީ ޤައުމުގެ ރައްޔިތުންގެ މެދުގައި އިލްމީ ދިރަސާ ބަހުސެއް ކުރަންޖެހޭ ދުވަހެކެވެ. އެއީ ފަސްދިން 38 އަހަރުގެ ތެރޭގައި ދުނިޔޭގެ ބައްރުތަކަށް، އަދި ރާއްޖެއަށް ވެސް ޒަމާނީ އިލްމީ ބަދަލުތަކެއް ވަނީ އައިސްފައެވެ. އެއީވެސް ޒަމާން މިއަދު އަންގަދޭ އަގު ފިލާވަޅެކެވެ. ރައްޔިތުންގެ ފަރުދީޒިންމާ އަކީވެސް މިއަދު ޤައުމީފިކުރެއް އުފަންދަންޖެހިފައިވާ ސަރުކަރުކާރުގެ ޒިންމާއެކެވެ. ނަޞްރުގެ ދުވަސް މިއީ ބަދަލުވަމުންދާ ސަރުކާރުތަކުން އެކިފެންވަރަށް އެކިގޮތައް ފާހަގަކުރާދުވަހެކެވެ. ނަމަވެސް އެދުވަހަކީ 19 ދިވެހީންގެ ޝަހީދުވި ދުވަހެއްކަން ހަނދާނަށް ގެންނަށް ޖެހެއެވެ. އެއީ ފަޑުވުމެއްނެއް ޒިކުރާއެކެވެ. އެއީ އެ ޝާހިދުންގެ އާއިލާތަކުގެ ދިރިދެމިގެންދާނެ ހަނދާންތަކެއްގެ ހިއްސާއޮތް ދުވަހެކެވެ.
71
ޤައުމާއި ރައްޔިތުންގެ ލާނބަޔަށް ވެރިންގެންނަ ބަދަލު!
ހާލަތްބަދަލުނުވާނެކަމަށް ނުވިސްނާށެވެ. ޤައުމު މިއަދު މިދެކޭ ހާލަތަކީވެސް އަބަދު އެއްގޮތަކަށް އޮންނާނެ ހާލަތެއްނޫނެވެ. ތަރައްޤީއަކީ ޒަމާނީ ބަދަލުތަކާއެކު އެކުވެރިޤައުމުތަކާ ގުޅިގެން މިޤައުމުގެ ބަހާތަކަށް އިސްކަންދީގެން އުޅެން އެނގުމެވެ. އަބަދުވެސް ރައްޔިތުންގެ ދިރިއުޅުމާއި އުފެއްދުންތެރިކަން އިތުރުކުރުމަށް ފުރުޞަތުލިބުމެވެ. އަދި މިދުވަސްކޮޅު އަޑުހަރުކޮށް އެގޮވާ، ރަސްމާލޭގެ މިއަދުގެ ހާލަތަކީ ދާއިމީ ހާލަތެއްނޫނެވެ. އެއީކީ މިޤައުމުގެ މިއަދުގެ ދަރަނީގެ ހާލަތުގެ ހުރިހާ ހައްލެއްވެސް ނުމެނޫނެވެ.ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ، ވެރިކަންކުރާވެރިންނަށް ޤައުމުގެ ހާލަތު ބަދަލުކުރަން ލިބޭނީ މަދު އަހަރުތަކެވެ. ލިބޭ މަދު އަހަރުތަކުގައި ގެނެވެނީ ނިސްބަތުން ވަރަށް މަދު ހެޔޮބަދަލުތަކެވެ. އެހެންކަމުން ކުރުމުއްދައްތުން ނުވަތަ ދިގުމުއްދަތުން ގެންނަ ބަދަލަކީ ނެރޭނަތީޖާއެއްގެ މައްޗަށް ހާލަތު ދިރާސާކުރުމަށް ހަދަންޖެހެއެވެ.
ކޮންމެބަދަލަކީ ދެކޮޅަށް ވާހަކަދެއްކިދާނެ ބަހުސެކެވެ. ނަމަވެސް ހާލަތު ބަދަލުކުރަން ތަފާތު ޚިޔާލުތަކާއި ވިސްނުންތެރިކަމާއެކު ފިޔަވަޅުތަކެއް އަޅަން ވެރިންނަށް މަޖުބޫރެވެ. އުނިކަންނަ އެއީ ވާހަކަ ދައްކަންޖެހޭނެ މައުޞޫއެކެވެ. އެއީ ސިޔާސީ ވިޔަސް ނުވިޔަސް ޤައުމުގެ ޚައްޤުގައި ވާހަކަދެއްކުމެވެ. އެއީ މައްސަލައެއްކަމަށް ހަދައިގެން ނުވާނެއެވެ. ޤައުމުގައި ހުރި ބޮޑެތިމައްސަލަތަކާމެދު ރައްޔިތުންގެ މެދުގައި މިނިވަން ބަހުސެއްފެށުމަކީ ކުރިއެރުމެކެވެ.
ރައްޔިތުން ކަންބޮޑުވާކަމެއް އޮތިއްޔާމު، ސަރުކާރުން އޮޅުންފިލުވައިދިނުމަކީ ބަދަލުގެ ފައިދާ ރައްޔިތުންނަށް ލިބިގެންދިޔުމެވެ. ވެރިންނަށް ފެެންނަ މޮޅުކޮންމެހާލަތައް ޚިޔާލު ތަފާތުވުމަކީ ބަދަލުނޫން ގޮތެއްހޯދުމެއްނޫނެވެ.
1
155
ޚިޔާލުތަފާތު!
އިންސާނުން ޤަބޫލުކުރާ ހަމަތަކަކީ އަޅުވެތިވުންތޯއެވެ؟
މިޤައުމުގައި ދިރިހުރުމަށް ބޭނުންޖެހޭ ސާފުބޯފެނަށް އަގުދީގެން ގަންނަށްޖެހެނީ ކީއްވެތޯއެވެ؟ އިހުގައި ރަަށުގެ ބޮޑުވަޅުން ފެންލިބެނީ ހިލޭ އެވެ. މިއަދު ހިލޭ ލިބެނީ ކަނޑުން ލޮނުފެނެވެ. ލޮނުފެން ހިލޭލިބެނީ ކީއްވެތޯއެވެ؟
އިންސާނާ އަޅުވެތިކުރަނީ ބޯފެނަށާއި ކާނާއަށް ޖައްސައިގެންނެވެ. އެއީ ރައްޔިތުންގެ ވޯޓުން ހޮވާ ސަރުކާރުން ހިންގާ، ހެޔޮވެރިކަމުގެ އަސާސީ ސިފައެއްތާއެވެ! ހިލޭ ބޭސްފަރުވާ އެވެ. ނަމަވެސް ބޯފެންގަންނާށެވެ. ދިރިއުޅުމަަށް ބޯހިޔާވަހިކަން ގަންނާށެވެ. ކަރަންޓު ވެސް ގަންނާށެވެ.
44
ދެވަނަ ދައުރެއްގެ ޔަޤީންކަން މާބޮޑުވީތާ!
ސިޔާސީ ފިކުރު މައިންމަގަށް ލައްގަޅޭއަށް!
ސިޔާސީ ފިކުރަކީ ބަދަލުނުވާނެ ފިކުރެއްނޫނެވެ. އެއީ މަހަށްދުއްވާ އޮޑިއަށް، އައިންމަތީ ދޫނިތައް ދުރުން ފެނުމުން، ދަތުރު މިސްރާބު ބަދަލުކޮށްލުން ފަދަ ފަސޭހަކަމެކެވެ. މިޤައުމުގައި މިހިނގަނީ މޫސުމީ ވައިރޯޅިއެއްފަދަ ސިޔާސީ ޗަރުކޭހެކެވެ. މަންޒަރު ދިރާސާކުރާ ބަޔަކަށް އެވާނީ ކުޅިވަރަކަށެވެ.
އިއްޔެ ސިޔާސީ ފިކުރުގައި މަސައްކަތް ކުރިބަޔަކު، ކުއްލިއަކަށް ސިޔާސީ ފިކުރު ބަދަލުވުމަކީ މައްސަލައެއްނޫންތާއެވެ! ނަމަވެސް ބަދަލުގައި ފިކުރެއްގެނަމެއް އައިކަމަކު، ސިޔާސީ ގޮތުން ކުލަބަދަލުކޮށްގެންތިބީ ހަމަ އެއްބައެކެވެ. ހަމަ ސިޔާސީ ޓީމުގެ ނަންލިސްޓު އެކަށްޗެކެވެ. އިރެއްގައި އެފަރާތްތައް އެއީ ރަށްގުޑާވަރުގެ ބަޔަކަށްވިޔަސް މިހާރު އެއީ ހަމަ ބެންޗުޓީމުގެ ލޭބަލަށްވެ ނިމިއްޖެއެވެ. އިހުކުޅުން ބޮޑުބޯޅަ މިހާރު ބަދަލުވެއްޖެއެވެ.
ދެންނުވިތާކަށްއެކިޔާ "ބޮޑުބަދަލު" ވެގެންދަނީ ސީޒަނަށް ކުޅޭ ޓީމާއި ޖޯޒީ ބަދަލުކޮށްލުމަށެވެ. އެއީވެސް ސިޔާސީ ފާޑެއްގެ އުދައެރުމެކެވެ.
ވެރިންނަށް އެކުރާހުކުމަކީ ސިޔާސީ ޖަގަހަ ޖަލްސާގެ ބޮޑު ބަހުސަކަށް ވީއެވެ. ޒުވާން ސިޔާސީ ލީޑަރަކަށް ޖާގަދޭތަނެއް ނުފެނެއެވެ. އެކުދިން ގެންގުޅޭނީ މަގުމަތިން އަތްޖަހާށެވެ. ބޯގިނަކުރަން ފަހަތުބަރިންގޮނޑިފުރާށެވެ. އާމޫނަކަށް ޖާގައެއްނެތެވެ. ފެންނަނީ އަދިވެސް 30 އަހަރުގެ ވެރިކަމުގެ އެމޫނު ބަދަލުނުވެގެން އުޅޭހެންނެވެ. ހަމަ އޭރުވެސް އުޅުން ކުދިންކޮޅެވެ. މިއަދު އެކުދިންކޮޅު ދޮށިގެންދިޔަނަމަވެސް އަދި ވެސް އެކުޅެނީ ސިޔާސީ ޖަޒުބާތުގައިޖެހި ބަތްކައްކާކުޅުމެވެ. ހައްތަހާވެސް ތިބީ ޑިމޮކްރަސީ ތިންފަށްކުރާ ޓީމެވެ. ފުޅަފުދަނޑިން ބާރުހިނގާ ބޮޑުބަދަލެއްގައެވެ.





